ހަށިގަނޑު އެތެރޭގައި ޑްރަގު ފޮރުވި ދިވެހި ފިރިހެނަކު ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެެސެޖެއްގައި ފުލުހުން ބުނީ، ހަށިގަނޑު އެތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ދެރަވެގެން ޞިއްޙީ ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވި ފަރުވާކުރެވުމުން ދާކަމަށާއި، މިހާރު އޭނާ އޮތީ އައިސީޔޫގައި ކަމަށެވެ.
ފުލުހުން ބުނީ، އެމީހާ އަކީ މިރޭ މާލޭ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މީހާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ދީފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.