shaheem
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް

އަލަށް ހޮވުނު މެމްބަރުންނަށް އިސްލާމިކް މިނިސްޓްރީން ފޯކަލް ޕޮއިންޓެއް ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީން އަވަސް ޚިދްމަތް ހޯދަންޖެހޭ ކަންކަމުގައި، އަލަށް ހޮވުނު މެމްބަރުން މުޢާމަލާތުކުރުމަށް މަންދޫބެއް ކަނޑައަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ, ރައްޔިތުންގެ މަޖްލީހަށް އަލަށް ހޮވުނު މެންބަރުން، އިސްލާމީ މިނިސްޓްރީއާ ގުޅުންހުރި ދާއިރާގެ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށްޓަކައި މުޢާމަލާތުކުރުމަށް މިނިސްޓްރީގައި ހަމަޖައްސާފައިވާނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމް ކަމަށެވެ.

ވަޒީރު ވިދާޅުވީ, އެ ވުޒާރާއިން ބޭނުންވާ ހުރިހާ ހިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ އެއީކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެންބަރުންގެ ޕާޓީއަށް ބަލައި އެއްވެސް މެންބަރަކަށް ތަފާތު ނުކުރައްވާނެ ކަމަށެވެ.

"މަޖްލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުން އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުމަތް ދެވޭނެ." ޝަހީމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!