ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތް މެމްބަރު މުޙައްމަދު ރަޝީދު (ރަޝީދުބެ)

ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ރަޝީދުބެ ޕީއެންސީ އާ ގުޅިއްޖެ

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު (ރަޝީދުބެ)، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޕީއެންސީން ކުރި ޓްވީޓެއްގައެވެ.

ނޮޅިވަރަމް ދާއިރާގެ ނަތީޖާއަށް ބަލާއިރު 5 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއްވިއެވެ. ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވެސް ވާދަކުރެއްވި މިއިންތިޚާބުން 426 ވޯޓާއެކު މޮސްޓާއަށް ލިބިވަޑައިގަތީ 3 ވަަނައެވެ. 722 ވޯޓާއެކު 69 ވޯޓުން ކުރިހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ރަޝީދު (ރަޝީދުބެ) އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު އަޝްރަފަށް ލިބިވަޑައިގަތީ 2 ވަނައެވެ. އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޢަބްދުއްރަޙްމާނަށް 4 ވަނަ ލިބިވަޑައިގަތްއިރު، ޖޭޕީ ގެ ކެންޑިޑޭޓު މުޙައްމަދު ޝަހުދީއަށް ލިބިވަޑައިގަތީ 5 ވަނައެވެ.

19 ވަނަ މަޖިލީހުގެ އިންތިހާބުގައިވެސް ރަޝީދުބެ ވާދަކުރިއެވެ. އެ އިންތިހާބުގައި އަށް ކެންޑިޑޭޓުންނާ ވާދަކޮށް ރަޝީދުބެއަށް ލިބުނީ 2 ވަނަ އެވެ.

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީއަށް ސޮއިކޮށްފައިވާއިރު ސަރުކާރުގެ ތާއިދާއެކު އަލަށް މަޖިލީހަށް އިންތިހާބުވި ހަ މެންބަރުން ވަނީ މިއަދު ޕީއެންސީއާ ގުޅިފައެވެ. އެއާ އެކު ސަރުކާރު މެންބަރުންގެ އަދަދު މިހާރު ވަނީ 77 އަށް އަރާފައެވެ.

advertisement
ހިޔާލު ދެއްވާ!