ރައީސް ޑރ. މުޢިއްޒު ކެޔޮދޫ ކައުންސިލާ ބައްދަލުކުރައްވަނީ.. ފޮޓޯ: ރައީސް އޮފީސް

31 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން އިޢްލާންކޮށްފި

31 ރަށެއްގެ ކައުންސިލަށް ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ހޯދުމަށްން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިޢްލާން ކޮށްފިއެވެ.

އެސްޖީ ހޯދުމަށް ބޭނުންވާ ކައުންސިލްތަކަކީ: 

  1. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ / ހއ. ވަށަފަރު
  2. ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ/ ހއ. މުރައިދޫ
  3. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ / ށ. ފޭދޫ
  4. މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ / ށ. މަރޮށި
  5. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ/ ށ. ފީވަށް
  6. މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ / ރ. ވާދޫ
  7. މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ / ރ. މަޑުއްވަރީ
  8. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ
  9. މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ/ ރ. އިންނަމާދޫ
  10. މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ / ބ. ކިހާދޫ
  11. މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ/ ބ. ފުޅަދޫ
  12. މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ/ ބ. ފެހެންދޫ
  13. މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ
  14. މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ/ ކ. ތުލުސްދޫ
  15. އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ / އއ. ތޮއްޑޫ
  16. އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ / އއ. މާޅޮސް
  17. އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލް/ އދ. ދިއްދޫ
  18. އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ/ އދ. ހަންޏާމީދޫ
  19. ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ
  20. ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ / ވ. ފުލިދޫ
  21. ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ / ވ. ފެލިދޫ
  22. ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ / ވ. ރަކީދޫ
  23. މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ / މ. މަޑުއްވަރީ
  24. ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ
  25. ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ / ދ. ރިނބުދޫ
  26. ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ/ ދ. ކުޑަހުވަދޫ
  27. ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ
  28. ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށީ
  29. ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ/ ތ. ތިމަރަފުށި
  30. ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ/ ގއ. ކޮލަމާފުށި
  31. ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ / ގއ. ދެއްވަދޫ

އިިއުލާނުގައިވާ ގޮތުން ކޮންމެ ކައުންސިލަކަށް ބޭނުންވަނީ އެންމެ އެސްޖީއެކެވެ.

އެސްޖީން އައްޔަން ކުރެވެނީ ފަސް އަހަރުގެ މުއްދަަތަށެވެ. މުސާރައިގެ އިތުރަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ލިބޭނެއެވެ. އެހެނިހެން އިނާޔަތުގެ ގޮތުގައި ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ރަށު ކައުންސިލު އިދާރާތަކުގެ އެސްޖީ ދެ ދަރަޖައަކަށް ބެހޭއިރު ފުރަތަމަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ  އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ. ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ.

މަގާމުގެ ޒިންމާއާއި އުސޫލުތައް އަދި ފޯމު ހުށައެޅުމުގެ އުސޫލުތައް ސީއެސްސީން ވަނީ ގެޒެޓް ކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!