ފަސްވަނަ ވެކޭޝަން އެކްސްޕޯ ފަށައިފި

5 އަހަރުގެ މެދުކެނޑުމަކަށްފަހު ވެކޭޝަން އެކްސްޕޯ ގެ ފަސް ވަނަ އެޑިޝަން ފަށައިފިއެވެ.

އެކްސްޕޯގެ މި އެޑިޝަން ފައްޓަވައިދެއްވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށްވާ އައިޝާ ނުރައިން ޖަނާއެވެ.

ވެކޭޝަން އެކްސްޕޯ އަކީ ޗުއްޓީ ދުވަސްވަރު ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އެ މަންޒިލް ތަކާއި ގުޅޭ މައުލޫމާތުދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 25، 26 އަދި 27 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެންމެ ފުރަތަމަ ވެކޭޝަން އެކްސްޕޯ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑްއާއި ގުޅިގެން ތިން އަހަރަށް މެދު ކަނޑާލުމަށް ފަހު އަލުން މި އެކްސްޕޯ ކުރިއަށް ދާއިރު މިފަހަރު ބޭއްވިގެން މިދަނީ ކުރިއަށް ވުރެ މާ ފުޅާކޮށްކަމަށް ނޫރައިން ވިދާޅުވިއެވެ. 

އެގޮތުން މި އަހަރުގެ އެކްސްޕޯގައިވެސް ބައިނަލްއަގްވާމީ އެއަރލައިންތަކާއި، ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ބައިވެރިވެއެވެ. 

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް މޯލްޑިވްސްއެވެ. އަދި ކޯ ސްޕޮންސަރުގެ ގޮތުގައި އޭވިއޭޝަން މޯލްޑިވްސް އާއި އިނާ މޯލްޑިވްސް ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!