Close Menu
  • ޚަބަރު
  • ސިޔާސީ
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
  • ދީން
  • ޞިއްޙަތު
  • ކޮލަމް
  • ރިޕޯޓް
  • ވާހަކަ
Facebook X (Twitter) Telegram
Facebook X (Twitter) Telegram
Rivaayaa NewsRivaayaa News
  • ޚަބަރު
  • ސިޔާސީ
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
  • ދީން
  • ޞިއްޙަތު
  • ކޮލަމް
  • ރިޕޯޓް
  • ވާހަކަ
Rivaayaa NewsRivaayaa News

ދިވެހި އަޑު އަހައިގެން އަމިއްލައަށް ލިޔާ އެޕްލިކޭޝަނެއް އޭސީސީން ލޯންޗުކޮށްފި

  • Picture of އަޙްމަދު އަސްލަމް ޢަބްދުﷲ އަޙްމަދު އަސްލަމް ޢަބްދުﷲ
  • އޭޕްރިލް 26, 2024

އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިޔަށް ގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި އެކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ (ސްޕީޗް ޓު ޓެކްސްޓް) އެޕްލިކޭޝަން 'ކާތިބު' އިފްތިތާހު ކޮށްފިއެވެ.

"ކާތިބު" އެޕްލިކޭޝަން އިފްތިތާހު ކުރީ 18 އޭޕްރީލް 2024 ވީ ބުރާސްފަތި ދުވަހު މިކަމަށްޓަކައި އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެޕްލިކޭޝަން އިފުތިތާހް ކޮށްދެއްވީ، އޭސީސީގެ ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތްކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއެވެ.

މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި 4 ވަރަކަށް މަސްދުވަހު އެކޮމިޝަނުގައި ވަނީ މިއެޕްލިކޭޝަން ބޭނުންކޮށްފައެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއެވެ.

އަދި، ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތުވެސް ބޮޑުތަކުން ކުޑަކުރެވޭނެއެވެ

މި އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނިކަމަށްވާ އޮކްސިގާއިން މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓު ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާ ކުރުންފަދަ އިތުރު ފީޗަރތައް، މި އެޕްލިކޭޝަނަށް، ވަރަށް އަވަހަށް، އިތުރުކުރެވިގެން ދާނެއެވެ.

advertisement
ހިޔާލު ދެއްވާ! ރައްދު ކެންސަލް

advertisement

ފަހުގެ

އެންމެ ފުރަތަމަ ސުވަރުގެ ވަންނަ މީހާ؟

ޚަބަރު އޭޕްރިލް 6, 2025

ސުވަރުގެއަކީ ﷲގެ ގެކޮޅެކެވެ. އެއީ ﷲގެ މެހުމާންސަރާއެވެ. އެތާނގައިވާ ނިޢުމަތްތަކަކީ ލާސާނީ…

ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިޤް ހޯދަން ކަނޑު މަގުންނާ ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި!

އޭޕްރިލް 3, 2025

4000 ފުލެޓް- ފުލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އާންމުންގެ ޖަމްޢިއްޔާއިން އެހީވަނީ!

އޭޕްރިލް 3, 2025

އަލިފާން ރޯވި ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި!

އޭޕްރިލް 3, 2025

ބެހި މަސްދަޅުތަކާއެކު ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ރައްޔިތުން ކިޔަކިޔާ ތިއްބާ ލިބުނު ބިލާއެކު ރައްޔިތުން ރަތަށް!

އޭޕްރިލް 3, 2025
advertisement
Facebook X (Twitter) Telegram
© 2025 rivaayaanews
  • Privacy Policy
  • Terms and Conditions
  • Code of Ethics
  • About Us

Type above and press Enter to search. Press Esc to cancel.