ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދިރާގު އޮފީސް ކައިރީގައި މިރޭ 9:30 ގައި ކަމަށެވެ.
އަދި މިއީ އަމިއްލަ ފަރާތެއްގެ އިވެންޓެއްގައި ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓެއްހާ އިރަށް ކަމަށެވެ.