ރައްޔިތުންނަށް ދައުލަތުގެ ވަޒީރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާ "އަހާ"ގެ ދެ ވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދާ ދެ ވަނަ ފޯރަމް އޮންނާނީ ހޯމަ ދުވަހުގެ ރޭ 08:30 ގަ އެވެ.
ރައްޔިތުންތުން ކުރަން ބޭނުންވާ ސުވާލުތައް "އޭއެޗް" ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔެ، 300 އަށް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަހާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ފޯރަމްގައި ވީޑިއޯއާއި އެސްއެމްސްގެ އިތުރުން އޮންލައިންކޮށް ވެސް ވަޒީރުންނާ ސުވާލުކޮށްފައިވެއެވެ.
އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒާ ސުވާލުކުރެވޭ ގޮތަށް ވެސް އަހާ ފޯރަމެއް ބާއްވާއިފައިވެއެވެ.
'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެކެވެ.