މާލެ ސިޓީ ކައުންސިލުން މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހާއްސަ ޕާކިން ޖާގަ ހަމަޖައްސައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ޕާކު ކުރާ ޖާގަ ދޫކުރާތަން ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މިއީ އެ އެމްބަސީތަކުގައި މަަސައްކަތް ކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތް ހަމަޖެއްސުމަށް ކުރެވުނު ކަމެއްކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.
Designating parking zones for Embassies in Male’. pic.twitter.com/jL9aHgfvTB
— Malé City Council (@MaleCitymv) April 26, 2024
މިވަގުތު މާލޭގައި 11 އެމްބަސީ ހުންނަ އިރު، މީގެ ތެރޭގައި އޮސްޓްރޭލިޔާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާން، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސްރިލަންކާ، ޔޫއޭއީ، ޔޫކޭ އަދި އެމެރިކާ ހިމެނެއެވެ.
މީގެ އިތުރުން، މާލެ ސިޓީ ކައުންސިލުން ރޭގައި ވަނީ ރާޅުގަނޑު ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން މަގުމައްޗަށް އަރާފައިވާ ވެލިތައް ކަހާ މަގު ސާފުކޮށްފައިއެވެ.
ސިޓީ ކައުންސިލުން އަންނަނީ މާލެ އަކީ ސާފު، ތޮއްޖެހުން ކުޑަ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.