ހަދިޔާފޮށިން އިނާމުތައް ހާސިލްކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
ނިމިގެން ދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނާ ހަމައަށް ގެނެސްދިން މިޕްރޮގްރާމްގެ އިނާމުތައް ޙާޞިލްކުރި ފަރާތްތަކަށް އިނާު ޙަވާލުކުރިމުގެ ރަސްމިއްޔާތު އޮތީ މިއަދު އުރީދޫ ހެޑްކުއާޓާޒްގައެވެ.
އެރަސްމިއްޔާތުގައި ހަދިޔާފޮށީގެ އެންމެ ޚާއްޞަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށްވެސް ވެސް އިނާމު ހަވާލުކުރި އެވެ.
އިނާމުގެ ގޮތުގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޯބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ވެސް ހަވާލުކުރެވުނެވެ. މިއަހަރުގެ ހަދިޔާފޮށީގައި ޑޭޓާ ޕެކާއި، ގޭމިން ޕެކުގެ އިތުރުން ގިނަ އިނާމު ތަކެއް ހިމެނުނެވެ.
އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒު ވަނީ މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ އެންމެންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް. ހަދިޔާފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު،" ނިޔާޒު ވިދާޅުވި އެވެ.