އަޚްލާޤު ނެތް ކަމެއް ނުކުރާ މެމްބަރެކޭ ބުނުމުގެ ފުރުސަތު ނުދޭނަން: މުސްތޮ

އަޚްލާޤު ނެތް ކަމެއް ނުކުރާ މެމްބަރެކޭ ބުނުމުގެ ފުރުސަތު ނުދޭނެ ކަމަށް މާފަންނު ހުޅަނގު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރޭ ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން މުސްތޮ ވިދާޅުވީ އޭނާއަކީ ވިސްނުންތެރިކަމާއެއެކު އަމަލުކުރައްވާނެ މީހަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައްޔިތުން ބޭނުންވަނީ ތައުލީމީ ގާބިލު މީހުން މަޖިލީހުގައި ތިބުން ކަމަށާއި އޭނާގެ ފަރާތުން ފެނިގެންދާނީ ރައްޔިތުން ބޭނުންވި ފަދަ އަޚްލާގާއި ސުލޫކީ މިންގަނޑުތައްކެއް ކަމަށެވެ.

މުސްތޮ ވިދާޅުވީ މަގުހެދުމަކީވެސް ސަރުކާރުގެ ވަޢުދެއް ކަމަށާއި ފްލެޓާއި ގޯތި އަދި ވަޒީފާއަށްވެސް ރައްޔިތުން އެދެމުންދާ ކަމަށެވެ. އެ ހުރިހާ ކަމެއް ކުރުމުގައިވެސް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް މުސްތޮ ވިދާޅުވިއެވެ.

"ސަރުކާރާ އެކީގަ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން. ރައީސް ވިދާޅުވި ފަދައިން ނުނިދައި ހުރުގެން އެކަން ކުރަންވެއްޖިއްޔާ ނުނިދައި ހުރެގެން އެކަން ކުރެވޭނެ” މުސްތޮ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!