ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތެވެ.
30 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
"މީނާގެ މައްޗަށް ތުހުމަތު ކުރެވެނީ އެއާޕޯޓު އިންޓަނޭޝަނަލް ބެގޭޖްއިން ދަބަހެއް ގަވާއިދާއި ޚިލާފަށް ޑޮމެސްޓިކް ޓާމިނަލްއަށް ގެނައިކަމަށް. އެ ދަބަހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވޭ. ޖުމްލަ ގާތްގަނޑަކަށް 5 ކިލޯ މަސްތުވާތަކެތި ފެނިފައިވޭ."
އޭނާ ގެންދިޔަ ލަގެޖަކީ މީހަކު ބުނެގެން ގެންދިޔަ އެއްޗެއް ކަމަށާއި އޭގައި މަސްތުވާއެއްޗެއް ހުރިކަން ނޭނގޭ ކަމަށާާއި އޭނާއަކީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށް ވަކީލު ފާހަގަކޮށްފައިވެއެވެ.
އޭނާ ގެންދިޔަ ލަގެޖަކީ މީހަކު ބުނެގެން ގެންދިޔަ އެއްޗެއް ކަމަށާއި އޭގައި މަސްތުވާއެއްޗެއް ހުރިކަން ނޭނގޭ ކަމަށާާއި އޭނާއަކީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށް ވަކީލު ފާހަގަކޮށްފައިވެއެވެ.
ނަމަވެސް އެ ދުވަހު އޭނާގެ އަމަލުތައް ހުރީ އެއާޕޯޓުގެ ގަވާއިދުތަކާއި އަދި އޭނާގެ މަސްއޫލިއްޔަތާއި އޮންނަ އުަސޫލާ ޚިލާފަށްކަން ހެކިތަކަށް ބެލުމުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.