މިދިޔަ މަހުގެ ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެއްޖެކަމަށް ބުނެ އާންމުންގެ ޝަކުވާ ސޯޝަލް މީޑިއާ އަށް އޮއްސާލައިފި އެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވެ އާންމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އަދި ފެނަކައިން ބުނަނީ ބިލު ބޮޑު ވަނީ ޖައްވު ހޫނުވުމާ އެކު، އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވާތީ ކަމަށެވެ.
އެކަމަކު ހޫނު މޫސުމުގެ ބިލުތަކަށް ވުރެ މާ ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީސްމީހުންގެ ގޭގެ އަށް މިފަހަރު ބިލް ފޮނުވާފައި ހުރީ އާއްމުކޮށް ރޯދަމަހު ރޯދަމަހު ނެގިވަރަށްވުރެ ޑަބަލްކޮށް ކަމަށެވެ. ސޯސަލް މީޑިއަށް ބައެއް މީހުން ލާފައިވާ ބިލްތަކަށް ބަލާއިރު ވެސް ފެންނަނީ ދެ ގުނަ ބޮޑުވެފައި ހުއްޓަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިދިޔަ ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ރޯދަމަހު ވަނީ ކުޑަކޮށްދީފައެވެ.
އާންމު ގޮތެއްގައި ވެސް މާޗް އޭޕްރިލް މަހަކީ ރާއްޖޭގެ އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މި ފަހަރު ހޫނު މޫސުމާ ވެސް މި ދިމާވީ އާންމުކޮށް ކަރަންޓުގެ ސާމާނުތައް އެންމެ ގިނައިން ބޭނުންކުރާ ރޯދަމަހާ އެވެ. އެހެންވެ، ކަރަންޓް ބޭނުން ކުރާ ވަރު ވަރަށް ބޮޑު އިތުރުވާނެ ސްޓެލްކޯއިން މީގެ ކުރިންވަނީ ބުނެފަ އެވެ.
އަދި ބިލް ބޮޑުވާ ދުވަސްވަރު އެހެން މަސްމަހާ ހިލާފަށް ކަރަންޓް އިގްތިސާދު ކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް މިފަހަރުވެސް ދުރާލާ އެ ކުންފުނިން ވަނީ އަންގައިފަ އެވެ.