ޝަރުޢީ ދާއިރާގެ އިންޓަރގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް (އައި.ސީ.އެމް.އެސް) އިފްތިތާޙް ކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒުނާ ވިދާޅުވީ، އައި.ސީ.އެމް.އެސް އަކީ، ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްޓޭކް ހޯލްޑަރުން އެއް ވިއުގާއަކުން ގުޅުވާލެވި ސްޓްރީމް ލައިންކުރުމަށް އެޅޭ ފާލަމެއް ކަމަށެވެ.
އެގޮތުން ދަޢުވާ ފޯމު އެންޓްރީކުރުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަނާއި ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން އެ ސިސްޓަމްގެ ތެރެއިން ކުރިއަަށް ގެންދެވޭނެ ކަމަށް ރިޒުނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސިސްޓަމްގެ ޕަބްލިކް އެކްސެސް ޕޯޓަލްތަކާއެކު، އާއްމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލައި، ކޯޓުގެ އިޖުރާއާތުތައް ދެނެގަނެވި ދެފުށް ފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ސިސްޓަމްގެ ސަބަބުން މައްސަލަތައް ޕްރޮސެސްކުރުމަށް ބޭނުންވާ ވަގުތު ކުޑަވެ، ކޯޓުތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށްވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވިދާޅުވިއެވެ.