އިންޑޮނޭޝިޔާއަށް 6.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސް އިން ބުނީ، މި ބިންހެލުން އައިސްފައި ވަނީ ޖާވާ އައިލެންޑުގެ ބަންޖާރު ސިޓީގެ ދެކުނުން 102 ކިލޯމީޓަރު ދުރުން 65 ކިލޯމީޓަރު އަޑިން ކަމަށެވެ.
މި ބިންހެލުމުގެ އިޙްސާސް ބޮޑު ސަރަހައްދަކަށް ކުރެވުނު ނަމަވެސް އޭގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ބިންހެލުމުގެ ސަބަބުން އިތުރު ގެއްލުމެއް ނުވަތަ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭއިރު ބިންހެލުމާއި ގުޅިގެން އެލާޓެއްވެސް ނެރެފައި ނުވެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ ކަމަށްވާ މެޓް އޮފީހުން ބުނީ، މި ބިންހެލުން އައިސްފައި ވަނީ މާލެއާ 3761 ކިލޯމީޓަރު ކައިރިއަށް ކަމަށެވެ. އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަަަށް ނުފެންނަ ކަމަށް އެ އިދާރާއިންވެސް ބުނެއެވެ: