މިނިސްޓަރ ޒަމީރު... ފޮޓޯ:ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޒަމީރު ސަޢޫދީ ޢަރަބިއްޔާއަށް

ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޯރ ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ޙަރަކާތްތަކާއި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ވިޔަފާރިތައް ތަމްސީލު ކުރައްވާ ފަރާތްތަކާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވާ، މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ބުނެފައިވެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯރ ޑިވެލޮޕްމަންޓަކީ ސަޢޫދީ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ދާއިރާތައް ތަމްސީލުކުރާ 700 އެއްހާ ލީޑަރުން ބައިވެރިވެވަޑައިގަންވާނެއެވެ. އަދި މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވަވާނެއެވެ.

advertisement
ހިޔާލު ދެއްވާ!