ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހިމެނޭ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް އިން ރީންދޫ ސަމާލުނެރެފައިވަނީ މިއަދު ހަވީރު 17.15 އިން ފެށިގެން 21.30 އަށެވެ.
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ އެކި ހާދިސާތައް ވަނީ ހިނގާފައެވެ. ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތަށް ނުކުމެފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް މޫސުން ގޯހެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ގޯސްވެދާނެ ކަމަށް ބައެއް ހިސާބުތަަށް ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފައެވެ.
މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެއެވެ.