ޅ.ނައިފަރުގެ އޭރިއަލް ފޮޓޯއެއް

ނައިފަރުގައި މޯޗަރީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ޅ. ނައިފަރުގައި މޯޗަރީއެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ނައިފަރު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ހިނަވާގެއަކާއި މޯޗަރީއެއް ގާއިމުކޮށްދޭނެ ބަޔަކު ބޭނުންވާނެ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މެއި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެ ރަށު ކައުންސިލުން ވަނީ އެދިފައެވެ. މި ބީލަމުގައި ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދައްކަންޖެހެއެވެ.

އާއިލާ މީހުން އަންނަދެން ނުވަތަ އިތުރަށް ތަހުގީގަކަށް ހަށިގަނޑު ކުނި ނުވާނެހެން ބޭއްވުމަށް އަތޮޅުތަކުގައި އައިސް އަޅާފައިބަހައްޓައެވެ. އެކަމަކު ތަހުގީގު ބޭނުންތަކަށް ގިނަ ފަހަރު ހަށިގަނޑު މާލެ ގެނެސް މޯޗަރީއަށް ލައެވެ.

advertisement
ހިޔާލު ދެއްވާ!