ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

އަންހެން ފުލުހުންގެ ދައުރު ފުލުހުންގެ ޚިދުމަތުގައި ވަރަށް މުހިންމު: ފަސްޓް ލޭޑީ

ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު ވަރަށް ބޮޑަށް މުހިންމުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދިވެހި ފުލުހުންގެ މުހިންމު ދައުރުގެ ތެރެއިން އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެގޮތުގައި ކުރިއަށް ދިއުމަށް ފަސްޓް ލޭޑީ ގޮވައިލެއްވިއެވެ.

އެކަމަނާ ވިދާޅުވީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގެއް ހޯދުން މުހިންމު ކަމަށާއި އަންހެނުންގެ ގާބިލްކަން އިތުރުވަމުންދާ ވަރަކަށް މުޖުތަމައުގައި ހުރި އަންހެނުންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!