އެލީޓް ރަނާސްއިން ބާއްވާ ހުޅުމާލޭ ރަން ޖޫން މަހަށް ފަސްކޮށްފި

"އެލީޓް ރަނާސް" އިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ރަން ޖޫން މަހަށް ފަސްކޮށްފި އެވެ.

ކުރިން މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 17 ވާ ހުކުރު ދުވަހު ހަވީރު 5:00 އިން 7:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާރކުގައެވެ.

އެލީޓް ރަނާސް އިން ބުނީ ތާރީޚު ފަސްކުރީ މި ރޭހަށް ލިބޭ ތަރުހީބު އިތުރުވަމުންދާތީ ކަމަށާއި ގިނަ ފަރާތްތަކަކަށް މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އަދި ތާރީޚު ފަސްކުރުމުން މޫސުން ރަނގަޅު ދުވަހަކާ ދިމާވުމުގެ ފުރުސަތު ބޮޑުވެ، ރޭހަށް ތައްޔާރުވުމަށްޓަކައި ގިނަ ވަގުތު ލިބުމުން އެންމެންނަށް ވެސް އުފާވެރި އަދި ވާދަވެރި މާހައުލެއް ކަށަވަރު ކޮށްދޭނެކަމަށްވެސް އެލީޓް ރަނާސް އިން ބުނެފައިވެ އެވެ.

އެލީޓް ރަނާސް އިން ބުނީ މި ރޭހަކީ ހުރިހާ ޢުމުރެއްގެ މީހުންނަށް ދުވެވޭ ކަހަލަ ރޭހެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ އިވެންޓެއް ކަމަށެވެ.

މި ރޭހުގެ މެއިން ޕާޓްނަރަކީ އެޗްޑީސީއެވެ. އަދި އެންޖީއޯގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހެފައިވަނީ މަމްސް އެއިޑްގެ ފަރާތުންކަން ފާހަގަކުރެވެ އެވެ.

advertisement
ހިޔާލު ދެއްވާ!