2024/2025 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާގޮތަށް ކަލަންޑަރު ޢާއްމުކޮށްފިއެވެ.
ކުރިން ޢާއްމުކޮށްފައިވާ 2024/2025 ގެ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައި ވަނީ 26 މެއި 2024 ގައި އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު، 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި ދިރާސީ އަހަރު ނިންމާލާ ގޮތަށެވެ. އަދި 2025 ގެ ދިރާސީ އާ އަހަރު އެ އަހަރުގެ މާރޗް 9 ގައި ފަށާއިރު 18 ޑިސެމްބަރ 2025 ގައި ދިރާސީ އަހަރު ނިންމާލުމަށްފަހު އެއަހަރުގެ ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭގޮތަށެވެ.
ބަދަލުތަކާއެކު ތަޢުލީމީ ވުޒާރާއިން މިއަދު ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައިވާ ގޮތުން ބޮޑު ޗުއްޓީއަށް ފަހު 2024 ގެ ކިޔެވުން ފެށޭނީ ކުރިއެކޭވެސް އެއްގޮތަށް 26 މެއި 2024 ގައެވެ. އެހެންނަމަވެސް، ދިރާސީ އަހަރު ނިމޭ ދުވަސް ވަނީ 6 މާރޗް 2025 އަށް ބަދަލުކޮށްފައެވެ.
ސަރުކާރުން ނިންމާފައިވާގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހުގައި ފަށާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.