ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އޭނާގެ އަތުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ މިމައްސަލާގައި ޕީޖީ އޮފީހާއެކު އިއުތިރާފު އެއްބަސްވުން ހަދަން އޭނާ ވަނީ ހުށަހަޅާފައެވެ.