ޒުވާނުންގެ ވަޒީރު އިބުރާހީމް ވަޙީދު

އަލަށް ޢިމާރާތްކުރެވޭ ޔޫތު ސެންޓަރުތައް ޒަމާނާ ގުޅޭނެ: އަސްވާޑް

މިހާރު ރާއްޖޭގައި ހިންގަމުންދާ ޔޫތް ސެންޓަރުތައް ހުރީ އެންމެ ކުރީގެ މޮޑެލްގައި ކަމަށާއި، އާ ޔޫތް ސެންޓަރުތައް ވެގެން ދާނީ ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ޤާއިމު ކުރެވިގެންދާ ތަންތަން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްވަމުން އަސްވާޑް ވިދާޅުވީ ރާއްޖޭގައި ރަނގަޅަށް ފުލީ ފަންކްޝަން ކުރާ ޔޫތު ސެންޓަރެއް ނެތޭ ދެންނެވިދާނެ ކަަމަށާއި، އެފަަދަ ތަންތަން ހުރީ އެންމެ ކުރީ ޒަމާނުގެ މޮޑެލްގައި ކަމަށާއި، އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަ އަދި މުނިފޫހިފިލުވަން ބޭނުންވާ އެންމެ ރަނގަޅު ވަޞީލަތްތައް ނެތް ކަމަަށެވެ.

"އެހެން ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެއްކޮށް އަލަށް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޔޫތު ސެންޓަރުތައް އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ޤާއިމު ކުރެވިގެންދާއިރު، ވަޒީފާގެ އިތުރު ފުރުސަތުތައް މިތަނުގައި ފަހިވެެގެން". ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތު ޔޫތު ސެންޓަރެއްގައި އެންމެ ބޭފުޅަކު ހުރި ކަމުގައިވިޔަސް، ރަނގަޅު ފެސިލިޓީސްތަކާއެކު އަލުން ޔޫތު ސެންޓަރުތައް ޤާއިމު ކުރެވިގެންދާނީ ރަނގަޅު ވަޒީފާތަކާއިވެސް އެކުގައި ކަަމަށެވެ. އަދި އެވަޒީފާތަަކަކީ ދާއިމީ ވަޒީފާތަކަކަށް ވެގެން ދާއިރު، ޒުވާނުންނާއި އެއްކޮށް މަސައްކަތް ކުރެވި، ރަނގަޅު ޖީލެއް ޤާއިމުކުރުމަށްޓަކައި އެހީވެދޭ ސެންޓަރުތަކަކަށް މި ސެންޓަރުތައް ވެގެންދާނެކަން ޔަގީން ކުރެވޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!