އެފްރިކާގެ ޤައުމެއް ކަމުގައިވާ ކެންޔާއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެ މަރުވި މީހުންގެ ޢަދަދު 120 އަށް އަރައިފި އެވެ.
މީޑިއާތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށަކީ ކެންޔާގެ ދެކުނުގައި އޮންނަ މަހިޔޫ އެވެ.
މިޙާދިސާގައި މަހިޔޫ އިން 42 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
ހަމައެހެންމެ މި ޙާދިސާގައި މަރުވި ކަމަށް ބެލެވޭ އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކެންޔާގެ ފުލުހުން ބުނެއެވެ.
ކެންޔާގެ ފުލުހުން ބުނީ އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އަނިޔާ ލިބިފައިވާ މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.
ކެންޔާގެ ސަރުކާރުން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން 131,000 އެއްހާ މީހުންގެ ގެދޮރު ނެތިފައިވާ ކަމަށާއި ފެންބޮޑުވުމާ ގުޅިގެން ޢާންމުންގެ ގެދޮރުގެ އިތުރުން މަގުތަކާއި ބުރިޖުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.