ހދ. އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

ހދ. އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަރާތުން ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީގައި ކަމަށެވެ.
މި ސެޝަންއަކީ ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަން ނަމުގައި ކުރިއަށްގެންގޮސްފައިވާ އިވެންޓެކެވެ.
އިއްޔެ ކުރިއަށް ދިޔަ މި ސެޝަންގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި އަލިފާން ފެތުރޭ ގޮތްތައް ވަނީ ކިޔާދީފަ އެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި އަލިފާންނިވި އާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ވަނީ ދަރިވަރުންނާއި ހިއްސާކުރެވިފައެވެ.
މީގެ އިތުރުން ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީފައިވާއިރު އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަރިވަރުންނަށް އުނގަންނައި ދެވިފައި ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
ހދ. އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ 45 ކެޑޭޓުން ބައިވެރިވި މި ސެޝަންގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

advertisement
ހިޔާލު ދެއްވާ!