ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައީސްގެ މަންދޫބެއްގެ ގޮތުގައި ޑރ. ޝަހީމް ގެމްބިއާއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ގެމްބިއާ އަށް ފުރާވަޑައިގެންފި އެވެ.

ޑރ. ޝަހީމްގެ މިދަތުރުފުޅަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިސަމިޓުގައި ޑރ. ޝަހީމް ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ގެމްބިއާގެ ވެރިރަށް ބަންޖުލްގައި އޯއައިސީ ސަމިޓް ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ.

މި ސަމިޓުގައި 57 ގައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިސަމިޓުގެ ތީމަކީ މަޝްވަރާކުރުމާ އެކު ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިިވި ތަރައްގީއަށް މަސައްކަތް ކުރުމެވެ.

advertisement
ހިޔާލު ދެއްވާ!