ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއް ފޮޓޯ

ޑްރެޖަރެއްގައި ހިނގި ޙާދިސާއެއްގައި ބިނދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

ޑްރެޖަރުގައި ހިނގާދިޔަ ހިތާމަވެރި ޙާދިސާގައި މަރުވެފައިވަނީ  އުމުރުން 30 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ.

ފުލުހުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މިއަދު ހެނދުނު 10:38 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ޙަވާލީ ފުލުހުން ބުނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވާ ކަމަށާއި މިމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި ޑްރެޖަރެއް އޮވެ އެވެ. ނަމަވެސް ބިދޭސީ މީހާ މަރުވީ ކޮން މަޝްރޫއެއްގައި ބޭނުންކުރާ ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

advertisement
ހިޔާލު ދެއްވާ!