ށ. ފުނަދޫގައި މީހުން ނުކުމެ ސިހުރު ހެދި މީހާއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

މަމްދޫޙަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފުނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީޑިއާއިން ރިޕޯރޓްކޮށްފައިވާ ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކުރީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.

"ސިހުރު ހެދީ މަމްދޫޙު ހޮވުމަށް އުފާ ފާޅުކުރި ރޭގައި. ލޮއެގައި މަމްދޫޙު ނަމާއި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ގަސް ގަހަށް ޖަހާފައި ހުރީ." ފޮނަދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

މި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ފުނަދޫ ކޯޓަށް ހާޒިރުކުރުމުން އެ ރަށު ބައެއް މީހުން ވަނީ އެތަނުގައި އިހްތިޖާޖުވެސް ކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!