ރާއްޖޭގެ ޚާރިޖީ ވަޒީރާއި އިންޑިޔާގެ ޚާރިޖީ ވަޒީރު

ރާއްޖެއާއި އިންޑިޔާއިން ކުރިޔަށްގެންދާ މަޝްވަރާތަކުގެ 4 ވަނަ ބައްދަލުވުން ބާއްވައިފި

ރާއްޖެއާއި އިންޑިއާގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ހައި ލެވެލް ކޯ-ގްރޫޕުގެ މަޝްވަރާތަކުގެ 4 ވަނަ ބައްދަލުވުން ބާއްވައިފި އެވެ.

މިބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މިހާރު ކުރެވެމުންދާ ކަންކަން މުރާޖަޢާ ކުރުމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި ތަރައްޤީއާއި ދިފާޢީ އެއްބާރުލުން ހިމެނޭހެން ދެފަރާތުގެ ޝައުގުވެރިކަން ހުރި އިތުރު ކަންކަމުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބޭލުމަށް ކުރެވެމުންދާ މަސައްކަތްތަކާމެދު ދެ ގައުމުންވެސް ހިތްހަމަޖެހެ އެވެ.

މި ގުރޫޕުގެ 5 ވަނަ ބައްދަލުވުން އޮންނާނީ އޮންނަ ޖޫން މަހުގެ ތެރޭގައި އޮންނާނީ މާލޭގައިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

advertisement
ހިޔާލު ދެއްވާ!