ރާއްޖޭގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ވޮލީ ޓީމްތަކަށް ކޯޗުން ހޯދަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 18 އަހަރާއި 20 އަހަރުން ދަށުގެ ޤައުމީ ޖޫނިއަރ އަންހެން އަދި ފިރިހެން ޓީމުތަކަށް އޮފިޝަލުން ހޯދުމަށް 2024 ފެބުރުވަރީ 18 ވަނަ ދުވަހުކޮށްފައިވާ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/5 އިޢުލާން ބާޠިލްކޮށް، އެ އެސޯސިއޭޝަނުން އެކުލަވާލާ ޤައުމީ ޓީމުތަކުގައި ކޯޗުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުއްވުމަށް ހުޅުވާލާ ކަމަށެވެ.
އެހެންކަމުން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލާ ޤައުމީ ޓީމުތަކުގައި ކޯޗުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 މެއި 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވޮލީބޯލް އެސޯސިއޭޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.
ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެކުލަވާލާ ޤައުމީ ޓީމްތަކަށް ކޯޗުން ޢައްޔަންކުރުމަށް ހަމަޖެހިފައިވަނީ އެ އިޢުލާނާއެކުގައިވާ "ޤައުމީ ޓީމަށް ކޯޗުން ޢައްޔަންކުރުމުގެ އުސޫލް" ގައި ބަޔާންކުރާގޮތުގެ މަތިންކަމަށް ވެސް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
https://storage.googleapis.com/gazette.gov.mv/docs/iulaan/175147.docx
https://storage.googleapis.com/gazette.gov.mv/docs/iulaan/175148.pdf