އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑުގައި ފެންބޮޑުވެ 14 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑުގައި ފެންބޮޑުވެ 14 މީހުން މަރުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީގެ ސްޕޯކްސްޕާރސަން އަބްދުލް މުހައިރީ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނު ސުލަވެސީ ޕްރޮވިންސްގެ ލުވޫ ޑިސްޓްރިކްޓުގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

މީޑިއާތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މި ވިއްސާރައިގެ ސަބަބުން އިންޑޮނޭޝިއާގެ 13 ސަބް ޑިސްޓްރިކްޓެއްގައި 10 ފޫޓާއި އާ ހަމައަށް ފެންބޮޑުވެފައި ވެއެވެ. އަދި 1300 އަށް ވުރެ ގިނަ ގެއަށްވަނީ ގެއްލުން ލިބިފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް ސާޗް އެންޑް ރެސްކިއު ޓީމުތަކުން މިހާރު ދަނީ ޙަރަކާތްތެރިވަމުންނެވެ.

މުހައިރީ ވިދާޅުވީ ހާލުގައި ޖެހުނު ސަރަހައްދުން 100 އަށް ވުރެ ގިނަ މީހުން ކައިރި މިސްކިތްތަކަށާއި ބައެއް ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ދެކުނު ސުލަވެސީ އިން މީހަކު މަރުވެފައިވާއިރު 2 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މުހައިރީ ވިދާޅުވި އެވެ.

މިދިޔަ މާރޗް މަހުގައިވެސް އިންޑޮނޭޝިއާގެ ސުމަޓްރާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ 30 މީހުން މަރުވެފައިވާއިރު އެތައް ބަޔަކުވަނީ ގެއްލިފަ އެވެ.

advertisement
ހިޔާލު ދެއްވާ!