ރިވާޔާ ނިއުސް އިން ކުރިޔަށް ގެންދިޔަ ލަކީޑްރޯ ކާމިޔާބުކުރި ފާޠިމަތު ޒީނާއަށް އިނާމު ޙަވާލުކުރުން

ރިވާޔާ ނިއުސްގެ ލަކީޑްރޯ ކާމިޔާބުކުރި ފަރާތަށް އިނާމު ހަވާލުކޮށްފި

ރިވާޔާ ނިއުސް ފެށުމުގެ ގޮތުން ކުރިޔަށްގެންދިޔަ ލަކީޑްރޯ ކާމިޔާބުކުރި ފަރާތަށް މިރޭ އިނާމު ޙަވާލުކޮށްފި އެވެ.

1 އޭޕްރީލް 2024 އިން 30 އޭޕްރީލް 2024 އަށް ރިވާޔާ ނިއުސްގެ ރަސްމީ ފޭސްބުކް އަދި އިންސްޓަގްރާމްގެ ބައިވެރިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ މި ލަކީޑްރޯ ކާމިޔާބުކޮށްފައިވަނީ ފާޠިމަތު ޒީނިޔާ އެވެ.

މި ލަކީޑްރޯގެ ގުރުއަތުލުން ބޭއްވުނީ ރިވާޔާ ނިއުސް އިފްތިތާޙު ކުރުމަށް ރޭ ސޮލައިޓްގައި ބޭއްވި ޙަފްލާގައެވެ. ގުރު ނަންގަވައިދެއްވީ އައިކޮމްގެ ޑިރެކްޓަރ ޖެނެރަލް ޙަސަން ޝާކިރު މުޙައްމަދެވެ.

ރިވާޔާ ނިއުސް އިން ކުރިޔަށް ގެންދިޔަ ލަކީޑްރޯ ކާމިޔާބު ކުރެއްވި ފަރާތް ދައްކާލަނީ

ގުރުއަތުން ހޮވުނު ފަރާތަށް 3000 ރުފިޔާގެ އިނާމް ޙަވާލުކޮށްދެއްވީ ރިވާޔާ ނިއުސްގެ ސީއީއޯ ޢާއިދާ ޢަބްދުލް ހަކީމެވެ.‎

ރިވާޔާ ނިއުސްގެ ސީއީއޯ ވިދާޅުވީ ކިޔުންތެރިންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް ޚާއްސަ ދުވަސްތަކާ ދިމާކޮށް މިފަދަ ލަކީޑްރޯތައް ކުރިއަށް ގެންދިޔުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!