Samha_Rivaayaa
މަޑަގަސްކަރާގައި ކުރިއަށް ދިޔަ އައިއޯއައިޖީގައި ސަމްޙާ --- ފޮޓޯ/ އެމްއޯސީ

ސަމްޙާ އަނެއްކާވެސް 5000 މީޓަރ ދުވުމުގެ ޤައުމީ ރެކޯޑު މުގުރާލައިފި

ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ސަމްޙާ އަޙްމަދު، އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަނެއްކާވެސް އާކޮށްފިއެވެ.

ސަމްޙާ ޤައުމީ ރެކޯރޑު އާކުރީ ޖަރުމަންގެ ވަސެންބަރގްގައި އިއްޔެ ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ.

ސަމްޙާ އިއްޔެ އާކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު، ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް އޭނާ ހަދާފައިވާ ޤައުމީ ރެކޯޑެވެ. އިއްޔެގެ ރޭހުގައި 5000 މީޓަރުގެ ދުވުން ސަމްޙާ ނިންމާފައިވަނީ 19 މިނެޓް، 41.86 ސިކުންތުންނެވެ. ސަމްޙާގެ ކުރީގެ ވަގުތަކީ 19 މިނެޓް 42.45 ސިކުންތެވެ.

ސަމްޙާ (42) އިއްޔެގެ ވާދަކުރީ 40 އަހަރުން މަތީގެ ކެޓަގަރީގައެވެ. އެ ކެޓަގަރީން ސަމްޙާ ވަނީ ތިންވަނަވެސް ހޯދައިފައެވެ.

ސަމްޙާއަކީ މިހާރު ގައުމީ އަންހެން މެރަތަން އާއި ހާފް މެރަތަންގެ ރެކޯޑުވެސް އޮންނަ ދުވުންތެރިޔާއެވެ. ކުރިން ކުރު ދުވުންތަކުގައި ވިދާލި ސަމްޙާގެ މިސްރާބު ދިގު ދުވުމަށް ބަދަލުކޮށްފައެވެ. ސަމްޙާގެ ކޯޗަކީ ނަސްރުﷲ އަހުމަދު އެވެ.

advertisement
ހިޔާލު ދެއްވާ!