މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރި "ރޯޝަނީ" ބޯޓު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އެރިކަން ރިޕޯޓު ކުރީ ރޭ 10:35 ހާއިރު ކަމަށާއި އެބޯޓުން 16 މީހުން ދަތުރު ކުރިއިރު އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
"ރޯޝަނީ" ބޯޓް ފަރަށް އެރުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ކުރި މަސައްކަތުން މިއަދު ހެނދުނު 11:10 ހާއިރު ބޯޓު ވަނީ ފުންކޮށްފައެވެ.
"ބޮޑު ދިޔާގައި ކަފުޖަހާނެ ބޯޓެއް އައުމާއެކު ފުންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުންޏެވެ.