ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުމާ އެެއްގޮތަށްކަމަށް އެކުންފުނިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ… pic.twitter.com/8qFyaoKqQJ
— Fenaka Corporation Ltd (@TeamFenaka) May 5, 2024
އެކުންފުނިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އާއްމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުޞޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުންވެސް ޑިސްކައުންޓު ދިނުމަށް އެކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
ޑިސްކައުންޓު ހިމަނާފައިވާ އާ ބިލް ފޮނުވުމުގެ މަސައްކަތް އެކޯޕަރޭޝަނުން މިއަދުފަށާފައިވާކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެ އެވެ.
އެކޯޕަރޭޝަނުން ބުނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ ޢަދަދު އުނިކުރެވޭނެ ކަމަށެވެ.
ރަމަޟާން މަހަކީ ކަރަންޓު ބޭނުން ކުރާ މިންވަރު އެހެން މަސްތަކަށްވުރެ އިތުރުވާ މަހެކެވެ. އަދި މިއަހަރުގެ ރަމަޟާން މަސްވެގެންދިޔައީ އެހެން މަސްތަކާއި އަޅާބަލާއިރު ހޫނުގަދަ މަހެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ.