އޭޕްރީލް މަހު ރާއްޖެއަށް 168،647 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
މި ޢަދަދަކީ 2023 ވަނަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދާއި އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު ޢަދަދެކެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ނިމުނު އޭޕްރީލްމަހު ރާއްޖެއަށް 168647 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 164357 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 794109 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 707306 ފަތުރުވެރިންނާއި އަޅާ ބަލާއިރު 12.3 އިންސައްތަ އިތުރު އަދަދެކެވެ.
އޭގެތެރޭގައި ހިމެނެނީ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި 192385 ފަތުރުވެރިންނާއި ފެބްރުއަރީމަހު ޒިޔާރަތްކުރި 217392 ފަތުރުވެރިންނާއި މާރޗް މަހު ޒިޔާރަތްކުރި 194227 ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އެއްވަނައިގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން މިހާތަނަށް 87168 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
2 ވަނައިގައި އޮތް ރަޝިޔާއިން ޒިޔާރަތްކޮށްފައިވަނީ 80160 ފަތުރުވެރިންނެވެ.
3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން 76823 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.