ޢިއްޒުއްދީން ފާލަން.. ފޮޓޯ: ރިވާޔާ ނިއުސް

ޢިއްޒުއްދީން ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

"އިއްޒުއްދީން ފާލަން" ހިމެނޭ ސަރަހައްދު ބަންދުކޮށް  ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަރާމާތު ކުރުމަށްޓަކައި ފާލަން ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވާއިރު، ފާލަމުގެ މަތީގައި ރިޔާ ނަގާފައިވާ ދަގަނޑު ސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައި ވީރާނާވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ކަނޑުދަތުރުފަތުރުތަކަށާއި، ރާއްޖެއަށް އަންނަ ޢިއްޒަތްތެރީން އާއްމުކޮށް ބޭނުންކުރަމުން އަންނަ ޢިއްޒުއްދީން ފާލަމަކީ 30 ޖުލައި 2015 ގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތާ ގުޅުވައިގެން ރިޔާ ދޯންޏެއް ސިފަވާނޭހެން ފަރުމާކޮށް ހުޅުވާފައިވާ ފާލަމެކެވެ.

މިނިވަން ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުތަކުގެ ތެރެއިން ޢިއްޒުއްދީން ފާލަން ރަސްމީގޮތުން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ފާލަން މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

advertisement
ހިޔާލު ދެއްވާ!