ފުލުހުން ބަލަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ހޯދަން އިޢްލާނުކޮށްފިއެވެ.
ފުލުހުންގެ މީޑިއާގައި ބުނެފައިވާ ގޮތުން ފުލުހުން، އިބްރާހީމް ނާޝިދު A317560، ގދ. ތިނަދޫ / ސަކީނާމަންޒިލް، (34އ) ހޯދަމުންދަނީ އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނެވެ.
ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މިމައްސަލައިގެ ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިޢްލާނުކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެދިފައިވަނީ މިމައްސަލާގައި އެއްބާރުލުން ދިނުމަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 12 ވަނަ ދުވަހުގެ 08:30 އަށް އިބްރާހީމް ނާޝިދު ޙާޒިރުވުމަށެވެ