އިސްކަންދަރު ސްކޫލް... ފޮޓޯ: ރިވާޔާ ނިއުސް

އަތޮޅުތަކުން މާލޭގެ ސުކޫލުތަކަށް ބަދަލުވާން ގިނަ ޢަދަދެއްގެ ފޯމް ހުށަހަޅައިފި

އަތޮޅުތެރޭގެ ސުކޫލުތަކުން މާލެ ސަރަހައްދުގެ ސުކޫލުތަކަށް ބަދަލުވުމަށް ގިނަ ޢަދަދެއްގެ ދަރިވަރުން ފޯމު ހުށަހަޅައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ދިރާސީ އައު އަހަރުގައި އަލަށް މާލޭ ސަރަހައްދުގެ ސުކޫލުތަކަަށް ވަނުމަށާއި، އަތޮޅު ތެރެއިން މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ބަދަލުވުމަށް ޖުމްލަަ 790 ދަރިވަރުން އެދިފައިވެއެވެ.

ސުކޫލުތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީން ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. އަދި މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީން ފޯމުތަކަށް ޖަވާބުދޭނެކަމަށް ބުނެފައިވެއެވެ.

އެޑިއުކޭޝަނުން ބުނީ މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކަށް ބަލާއިރު މާލޭ ސަރަހައްދުގެ ސުކޫލުތަކުގެ ގުރޭޑް 1 އަށް ވަނުމަށް 2،290 ފޯމު ހުށަަަހަޅާފައިވާ ކަމަށާއި އަތޮޅު ތެރެއިން މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ބަދަލުވުމަށް 790 ފޯމު ހުށަހަޅާފައިވެއެވެ.

ގުރޭޑު އެކެއް ނޫން އެހެނިހެން ގުރޭޑުތަކަށް ކުދިން ވެއްދުމަށް 1،450 ފޯމު ހުށަހަޅާފައިވާއިރު މާލޭ ސަރަހައްދުގެ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުކުރުމަށް 660 ފޯމު އެޑިއުކޭޝަަން މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

މި މަހުގެ 26 ވަނަ ދުވަހު ދިރާސީ އައު އަހަރު ފެށޭއިރު، ކޮންމެ ދިރާސީ އައު އަހަރެއްގައިވެސް އަތޮޅު ތެރެއިން މާލޭ ސުކޫލުތަކަށް ގިނަ ޢަދަދެއްގެ ދަރިވަރުން ބަދަލުވެއެވެ.

advertisement

1 Comment

  1. ހީވާގޮތް on

    ތިކަމުގައި ގޯހެއް އުޅޭހެން ހީވޭ. ބޮޑަށް ހީވަނީ ފްލެޓާއި ގޯތި ލިބުނު މީހުން ގިނައީހެން.

ހިޔާލު ދެއްވާ!