ވަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ކަޕް ފަށައިފި

ވަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ 2 ވަނަ މުބާރާތް އިއްޔެ ފަށައިފިއެވެ.

ވަންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އޮތް މި މުބާރާތް ފައްޓަވައިދެއްވީ ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމްއެވެ.

ފުރަތަމަ މެޗްގައި ބައްދަލުކުރީ ނެވިން އަމީގޯސް އާއި ކެނެޑާ ސިޓީ ސްޕޯރޓްސް ޖޫނިއަރ އެވެ. މިމެޗް ޝަރަފްވެރިކޮށްދެއްވީ ފެނަކަ ވަންދޫ ބްރާންޗް ހިންގުމާ ޙަވާލުވެ ހުންނެވި ބްރާންޗްގެ ސްޕަވައިޒަރ މުޙައްމަދު ޒިޔާދެވެ.  4:1 އިން ނެވިން އަމީގޯސް އިން މެޗް ކާމިޔާބުކުރިއިރު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެވިން އަމީގޯސް ގެ ޖާރޒީ ނަންބަރު 7 މުޙައްމަދު ޢާޒިމެވެ.

ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޢާޒިމް

އިއްޔެ ކުޅެވުނު މިމުބާރާތުގެ 2 ވަނަ މެޗްގައި ބައްދަލްކުރީ ނެވިން ސްޕޯރޓްސް ކްލަބާއި ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބެވެ. މެޗް ޝަރަފްވެރިކޮށްދެއްވީ ވަންދޫ ސިއްޙީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޣިޔާޘެވެ. 3:1 އިން މިމެޗް ކާމިޔާބުކުރީ ނެވިން ސްޕޯރޓްސް ކްލަބެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެވިން ސްޕޯރޓްސް ކްލަބުގެ ޖާރޒީ ނަންބަރު 10 ޙައްމާދު އަލީއެވެ.

ދެވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ ޙައްމާދު ޢަލީ

މިމުބާރާތުގެ 2 މެޗް މިއަދުވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނެވިން އަމީގޯސް އާއި ޓީމް ސީސީއައިއޭ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބާއި ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބް ޖޫނިއަރ އެވެ.

މިމުބާރާތުގެ މެޗްތައް ވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާނެއެވެ.

advertisement
ހިޔާލު ދެއްވާ!