މެޗުގެ ކުރިން ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބް ފޮޓޯއަކަށް ހުއްޓިގެން.. ފޮޓޯ: ވަންދޫ ކައުންސިލް

ވަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ކަޕް: 2 ވަނަ ދުވަހުގެ ކުޅުން ނިމުނުއިރު 4 ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރު

ތ.ވަންދޫގައި މިހާރު ކުރިޔަށްދާ ވަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖެ ކަޕްގެ ގުރޫޕު ސްޓޭޖުގެ 1 ވަނަ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ.

މިއަދު ކުރިޔަށް ދިޔައީ މުބާރާތުގެ 2 ވަނަ ދުވަހުގެ ކުޅުމެވެ. މިއަދު ކުޅެވުނު 2 މެޗުގެ ތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރީ ނެވިން އަމީގޯސްއާއި ސީ.ސީ.އައި.އޭ ސްޕޯރޓްސް ކްލަބެވެ. ވަންދޫގެ ތަރައްގީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މުޙައްމަދު ޝާހިދު ޝަރަފުވެރި ކޮށްދެއްވި މި މެޗް 7-2 އިން ކާމިޔާބު ކުރީ ސީ.ސީ.އައި.އޭ ސްޕޯރޓް ކްލަބެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީ.ސީ.އައި.އޭގެ ޖާރޒީ ނަމްބަރު 10 އިބްރާހީމް އިމްރާޙެވެ.

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސީ.ސީ.އައި.އޭގެ ޖާރޒީ ނަމްބަރު 10 އިބްރާހީމް އިމްރާޙު

2 ވަނަ މެޗްގައި ބައްދަލްކުރީ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބާއި ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބް ޖޫނިއަރެވެ. މެޗް ޝަރަފްވެރިކޮށްދެއްވީ އެދުރު ކާޕެންޓްރީގެ ވެރިޔާ އިބްރާހީމް ޝަރީފެވެ. މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ފެނިގެންދިޔަ މި މެޗު 13-1 އިން ކާމިޔާބުކުރީ ކެނެޑާ ސިޓީ ސްޕޯރޓް ކްލަބެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބުގެ ޖާރޒީ ނަމްބަރު 8 އިބްރާހީމް އަސްވަދެވެ.

2 ވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބުގެ ޖާރޒީ ނަމްބަރު 8 އިބްރާހީމް އަސްވަދު

2 ދުވަހުގެ ކުޅުން ނިމުނުއިރު ކެނެޑާ ސްޕޯރޓްސް ޖޫނިއަރ ފިޔަވާ އަނެއް 4 ޓީމު ވަނީ ޕޮއިންޓުގެ ގޮތުން 1 ވަރުވެފައެވެ. ފައިދާ 10 ގޯލާއެކު 1 ވަނާގައި އޮތީ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބެވެ.  2 ވަނަ އަދި 3 ވަނާގައި ސީ.ސީ.އައި.އޭއާއި ނެވިން ސްޕޯރޓްސް ކްލަބެވެ.

މިމުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ގުރޫޕް ސްޓޭޖުން 2 ވަނައާއި 3 ވަނައަށް ދާ 2 ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މިމުބާރާތުގައި މާދަމާ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެވިން ސްޕޯރޓްސް ކްލަބާއި ޓީމް ސީ.ސީ.އައި.އޭއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ނެވިން އަމީގޯސްއާއި ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބެވެ.

މިމުބާރާތުގެ މެޗްތައް ވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާނެއެވެ.

advertisement
ހިޔާލު ދެއްވާ!