ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ދެއްވީ ރާއްޖޭގެ ރައީސަކު ރައްޔިތުންނަށް ދެއްވާނެ އެންމެ އަގުހުރި ހެޔޮ ނަސޭހަތްކަމުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ދާޚިލީ ވަޒީރު ޝައިޚް ޢިމްރާންގެ ކާރުކޮޅުގައި މީހެއްގެ ޕިކަޕެއް ޖެހުމާ ގުޅިގެން އެކަން ވީޑިއޯކޮށް، ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު ޢިމްރާން ލަޠީފު (އިންމު) އެކަން އާންމު ކުރުމާއި ގުޅިގެން އާންމުންގެ މެދުގައި އެކަމާމެދު ޚިޔާލު ތަފާތުވެ ވާހަކަ ދައްކަން ފެށުމުން، އެކަން ކުށްވެރިކޮށް އެފަދަ ކަންކަން ނުކުރުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގަތުމާއި ގުޅިގެންނެވެ.
Raees Dr @MMuizzu Rayyithunah thiya dhevvee Raajjeyge Raeesaku Rayyithunah dhevvaane Emme agu huri heyo naseyhah. Maai Allah manikufaanah Thaufeeq dhevvaashi. Aameen. https://t.co/41HXZFcwyE
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 6, 2024
ރައީސް މުޢިއްޒު އެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ އަޚުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރުވެސް އެއްވެސް ގޮތަކަށް ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި…
— Dr Mohamed Muizzu (@MMuizzu) May 6, 2024
ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި މައްސަލާގައި ރައީސް ޑރ. މުޢިއްޒު ދެއްވީ ރާއްޖޭގެ ރައީސަކު ރައްޔިތުންނަށް ދެއްވާނެ އެންމެ އަގުހުރި ހެޔޮ ނަސޭހަތްކަމުގައެވެ.