ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ފަތުރުވެރިއަކު އެއާޕޯޓް މުވައްޒަފަކަށް ހަމަލާ ދީފި އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފަތުރުވެރިޔާ ކޮންމެވެސް ކަމަކާ ހިތް ހަމަނުޖެހުން ފާޅުކޮށް މުވައްޒަފަށް ހަމަލާދޭ މަންޒަރު ފެނެއެވެ.
އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެފަތުރުވެރިޔާ ވަނީ ދެފަހަރު މަތިން މުވައްޒަފަށް ހަމަލާދީފައެވެ.
އެއާޕޯޓުގެ މީޑިއާ އާ ގުޅޭގޮތް ނުވުމުން މިހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ސާފެއް ނުވިއެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެންމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ އަކީ އެމެރިކާ އަށް ނިސްބަތްވާ ރައްޔިތެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.