ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން މިހާތަނަށް 900 މީހަކު ރިޕޯޓްކޮށްފައިވޭ

ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 900 މީހުން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީގެތެރެއިން ގިނަ ކޭސްތައް މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވާއިރު އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 1 ޖެނުއަރީ އިން ފެށިގެން 1 މެއި އާއި ހަމައަށް ޑެންގީގެ 660 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އަދި  14 ވަނަ ހަފްތާއިން ފެށިގެން ޑެންގޫގެ ކޭސްތައް ރިޕޯޓްކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ 17 ވަނަ ހަފްތާގައެވެ. އެއީ މުޅި ޖުމްލަ 83 ކޭސްއެވެ.

ހަމައެހެންމެ  ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 1 ޖެނުއަރީއިން ފެށިގެން 4 މެއިގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

އަދި ނިމުނު ހަފްތާގައި ޗިކުންގުންޔާގެ 117 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޗިކުންގުންޔާ ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ބައެއް ފަހަރު ހުޅު ދުޅަވެ އެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3 ދުވަހާއި 7 ދުވަހުގެ ތެރޭގައެވެ.

advertisement
ހިޔާލު ދެއްވާ!