ޙަސަން ލަޠީފު މަޖްލީހުގެ ޖަލްސާއެއްގައި.. ފޮޓޯ: އަވަސް

މެންބަރުން ވަކިކުރެވޭ އެއްވެސްގޮތެއް އޮންނަން ޑިމޮކްރެޓްސްއިން މިހާރު ބޭނުމެއްނުވޭ

ދާއިރާ ރައްޔިތުންގެ ވޯޓަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފް  ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގިނަ ހާލަތްތަކެއް ބަޔާންކޮށް މަޖިލީހުގެ ގާނޫނަށް ހުށަހެޅި އިސްލާހު  އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ އިއުލާނުކުރައްވައިފައެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް ހުށަހެޅި ބިލުގައި ބުނާގޮތުން ދާއިރާގެ ރައްޔިތުން މެންބަރާމެދު ނުރުހިއްޖެ ހާލަތެއްގައި ރައްޔިތުންގެ އާންމު ވޯޓަކުން މެންބަރު މަގާމުން ވަކިކުރަން ނިންމައިފިނަމަ ވަކިވާނެއެވެ.

އެ ބިލުގައި މެންބަރުކަމުން ވަކިވާނެ އެހެން ހާލަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. އޭގެތެރޭގައި

  • ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެފައިވާ މީހަކު، އަމިއްލަ އިސްނެގުމުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކުރުމާއި
  • އެއްވެސް ސިޔާސީ ޕާޓީއެއްގައި ނެތި އަމިއްލަ ގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކާ ގުޅުމާއި
  • ޕާޓީއެއްގެ މެންބަރަކަށް ވެފައި، ޕާޓީގެ ނިންމުމާ ޚިލާފަށް މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއްގައި ވޯޓެއް ދޭ ހާލަތުގައި، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިޚާބުވި ދައުރުގެ ތެރޭގައި މެންބަރުކަމުން ވަކިކުރުން ހިމެނެއެވެ.

މި ބިލު އަނބުރާ ގެންދިޔައިރު, އެމްޑީޕީން މިހާރު ވެސް ވަނީ މެންބަރުން ވަކި ކުރެވޭ ހާލަތްތަކެއް ބަޔާންކުރާގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!