އެއާޕޯޓް މުވައްޒަފަށް ހަމާދިން ފަތުރުވެރިޔާ

އެއާޕޯޓުގައި މާރާމާރީ ހިންގީ ލަގެޖް ބަރުވެ، އިތުރަށް ފައިސާ ދައްކަން ޖެހުމުން: ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިދޭސީ އަކު މިއަދު މާރާމާރީ ހިންގީ އޭނާ ފުރަން ގޮސް، ލަގެޖް ބަރުވެ އެޔަށް އިތުރަށް ފައިސާ ދައްކަން ބުނުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާ އަށް ނިސްބަތްވާ އެމީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އޭނާގެ ބަންދު މުއްދަތު ޖެހުމަށް މިރޭ ކޯޓަށް ގެންދާނެ ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މި ބިދޭސީ މީހާ އެއާޕޯޓުގެ މުވައްޒަފުންތަކަކާ މާރާމާރީ ހިންގަނީ އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ކައުންޓަރު ކައިރީގައި އެވެ.

އެގޮތުން އެއާޕޯޓު މުވައްޒަފަކާ ދެބަސްވުމަށް ފަހުގައި އޭނާގެ ބޮލުގައި ވަރަށް ބާރަށް އަތުން ޖަހާތަން ވީޑިއޯއިން ފެންނައިރު ޖެހުމާއެކު އެ މުއައްޒަފު ވަނީ އެތަނަށް ވެއްޓިފައެވެ. އެއާއިއެކު އެހެން ދިވެހި މުވައްޒަފަކު ބިދޭސީ މީހާ ކޮށްޕާލި ނަމަވެސް އޭނާއާއި ވެސް ހަމަނުޖެހުން ހިނގާ ވައްޓާލިއިރު، އިތުރު މުވައްޒަފުން އައިސް އެ މީހުން ދުރުކޮށް ބިދޭސީ މީހާ ވެސް އެތަނުން ދުރަށް ގެންދެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

advertisement
ހިޔާލު ދެއްވާ!