އެމްއޭސީއެލްގެ މުވަޒަފުންތަކެއް އެއަރޕޯރޓުގައި-- ފޮޓޯ: އަވަސް

އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފި

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި ހަމަނުޖެހުން ހިންގި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ. ފުލުހުން ބުނާގޮތުގައި އެމީހާ ހައްޔަރުކުރުމަށްފަހު ގޮތް ނިންމަން ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ ދޫކޮށްލާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގައި ފެންނަގޮތުގައި މި ބިދޭސީ މީހާ ވަނީ، އެއާޕޯޓުގެ ރޭމްޕް ޖެކެޓުގައި ހުރި މުވައްޒަފަކަށް ހަމަލާދީފައެވެ. އަދި މި ވީޑިއޯ ދައުރުވަމުން ދިޔުމުން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ގޮވާލާފައެވެ.

މަންޒަރުދުށް މީހަކު ބުނާގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ އެއާލައިނުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ލަގެޖު ބަރުވުމުން އިތުރަށް ދައްކަންޖެހޭ 30 ޑޮލަރު ދެއްކުމަށް ދެކޮޅު ހެދުމުގެ ތެރެއިންނެވެ. އަދި ފަސިންޖަރު ރުޅިގަދަވެ އެއާޕޯޓުގެ މުވައްޒަފުންނާ މުޚާތަބު ކުރަމުން ދިޔައީ އެއްވެސް އިހުތިރާމެއްނެތި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އެހެންނަމަވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންތަކަކާއި، އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ދިޔައެވެ. މުވައްޒަފަށް ހަމަލާދިނުމުން މި ބިދޭސީ މީހާ އެތަނުން ދުރުކޮށްފައިވަނީ ފުރަން ގޮސްހުރި އެހެން ބިދޭސީ ފަސިންޖަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން މީނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.

advertisement
ހިޔާލު ދެއްވާ!