ވަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ކަޕް: މިއަދުގެ 2 މެޗުން މޮޅުވީ ނެވިން ސްޕޯރޓް ކްލަބާއި ކެނެޑާ ސިޓީ ސްޕޯރޓް ކްލަބް

ތ.ވަންދޫގައި މިހާރު ކުރިޔަށްދާ ވަންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ކަޕްގައި މިއަދު ކުރިޔަށް ދިޔައީ 3 ވަނަ ދުވަހުގެ ކުޅުމެވެ. މިމުބާރާތުގައި މިއަދުވެސް 2 މެޗް ކުޅެވުނެވެ.

މިއަދު ކުޅެވުނު 2 މެޗުގެ ތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރީ ސީ.ސީ.އައި.އޭ ސްޕޯރޓްސް ކްލަބްއާއި ނެވިސް ސްޕޯރޓްސް ކްލަބެވެ. މިމެޗް 5 – 1އިން ކާމިޔާބުކުރީ ނެވިން ސްޕޯރޓް ކްލަބެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެވިން ސްޕޯރޓްސް ކްލަބުގެ ޖާރޒީ ނަމްބަރު 17 މުޙައްމަދު އަމީރެވެ.

މުބާރާތުގެ 6 ވަނަ މެޗްކަމަށްވާ މިއަދުގެ 2 ވަނަ މެޗްގައި ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބާއި ނެވިން އަމީގޯސްއެވެ. މިމެޗް 8 – 1 ލަނޑުން ކާމިޔާބުކުރީ ކެނެޑާ ސިޓީ ސްޕޯރޓް ކްލަބެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަމްބަރު 21، ޙުސައިން ރިފާޢެވެ.

ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަމްބަރު 21 ހުސެން ރިފާއު،

3 ދުވަހުގެ ކުޅުން ނިމުނުއިރު 3 މެޗް ކުޅެގެން 6 ޕޮއިންޓާއި ފައިދާ 17 ގޯލާއެކު ޓޭބަލްގެ 1 ވަނާގައި އޮތީ ކެނެޑާ ސިޓީ ސްޕޯރޓްސް ކްލަބެވެ.

މިމުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ގުރޫޕް ސްޓޭޖުން 2 ވަނައާއި 3 ވަނައަށް ދާ 2 ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މިމުބާރާތުގެ ގުރޫޕް ސްޓޭޖުގައި އަދި ބާކީ 4 މެޗް އެބައޮތެވެ.  ކޮންމެ ދުވަހަކު 2 މެޗް ކުޅެވޭ މިމުބާރާތުގެ މެޗްތައް ވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާނެއެވެ.

advertisement
ހިޔާލު ދެއްވާ!