ހަމަ ކޮންމެ ކަމަކަށް އާއެކޭ ބުނާކަށް ނުވާނެ

ބައެއްފަހަރު މީހުން ކަމަކު ކިޔުމުން ތިމާއަށް އެކަމެއް ކޮށްދެވެން ނެތަސް ނޫނެކޭ ބުނަން އުނދަގޫވެއެވެ.

އަދި ބައެއް މީހުންނަކީ އެހެން މީހުން ބުނާ ކޮންމެ ކަމެއް ކޮށްދެވޭތޯ ބަލާ މީހުންނެވެ. ނޫނެކޭ ބުނަން ފަސްޖެހެވޭ މީހުންނެވެ.

އެހެންމީހުން ތިމާއާ ދޭތެރޭ ދެކޭނެ ގޮތަކާމެދު ވިސްނާފައި އެހެންމީހުން ބުނާ ކޮންމެ ކަމެއް ކޮށްދެވޭ ފަހަރު އާދެއެވެ. މިއީ މުޅިން ރަނގަޅު އާދައެއްވެސް ނޫނެވެ. ބައެއް ހާލަތްތަކުގައި ނޫނެކޭ ބުނަން ތިމާއަށް ކިތަން އުނދަގޫ ނަމަވެސް ނޫނެކޭ ބުނަންޖެހޭނެއެވެ.

އަމިއްލަ ދިރިއުޅުމުގައާއި މަސައްކަތު މާހައުލުގައިވެސް ތިމާ ގާތުން އެދޭ ކޮންމެ ކަމަކަށް އާނބަސް ބުނާނަމަ ގިނަވާނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެ މީހުންނެވެ.

އެހެންކަމުން ތިމާގެ އަމިއްލަ ނަފުސު އިސްކުރަންޖެހޭ ޙާލަތްތަކުގައި ފަސްނުޖެހި ނޫނެކޭ ބުނަން ދަސްކުރަންވެސްވާނެއެވެ. އެކަމަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތު  އެމްޕަވަރމެންޓް، އިންފޮރމޭޝަން އެންޑް އާރޓްސް އިން ކުރިޔަށްގެންދާ ވޯރކްޝޮޕެއް 13 މެއި 2024 ގައި އޮންނާނެއެވެ.

މިއީ އޮންލައިން ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕްގައި ނޫނެކޭ ބުނަން ޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނަން ކުރެވިދާނެ ކަންތަައްތަކަކީ ކޮބައިކަން މަޝްވަރާކުރެވިގެންދާނެއެވެ.

މި ވޯރކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ފޯމު މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

advertisement
ހިޔާލު ދެއްވާ!