ފޯރަމްގެ ތެރެއިން... ފޮޓޯ: އެމްއެންޑީއެފް

"އެއަރޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024" ގައި ގައުމީ ދިފާއީ ބާރުން ބައިވެރިވެއްޖެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ފަރާތުން ބޭއްވި ފުރަތަމަ "އެއަރޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024″ ގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބައިވެރިވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވާ ކުއްލި ނުރައްކާތަކުންނާއި އެއަރޕޯޓްގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ކަމާ ބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރުމަށް ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓުން އިންތިޒާމްކޮށްގެން މެއި 6 އަދި 7 ގައި ކްރޮސްރޯޑްސްގައި ކުރިޔަށް ގެންދިޔަ މި ފޯރަމްގައި ތަފާތު މުއައްސަސާތަކުން ބައިވެރިވެފައިވާއިރު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދާއި، ޑިފެންސް އިންޓެލިޖެންސް ސަރވިސްއިން މޭޖަރ ޙަސަން ސަމީހް ވަނީ އެއަރޕޯޓްގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތާބެހޭ ގޮތުން މި ފޯރަމްގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.

advertisement
ހިޔާލު ދެއްވާ!